ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި އައު އާއްމު ހާލަތާއި އެއްގޮތަށް ނޫސްވެރިންނަށްވެސް ބައިވެރިވާނޭކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރައްދައްކާނެކަމަށެވެ.



ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ނޫސްވެރިންނާއި ބައްދަލުކުރެއްވީ މިދިޔަ ޖޫންމަހުގެ 29 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު