މާލޭ ސިޓީގެ މަގުތަކުގައި ހަލާކުވެގެން މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދުތަކާއި ނުދުއްވާ ގިނަދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިއަދު އަލުން ފަށައިފިއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ސިޓީ ކައުންސިލުން ފެށި މަސައްކަތް އަލުން ފަށާފައިމިވަނީ، މީގެ ދެތިން ދުވަސްކުރިން އެމަސައްކަތް ހުއްޓާލާފައި އޮތުމަށްފަހުއެވެ. އޭރު މަސައްކަތް ހުއްޓާލީ އުޅަނދުތައް ނެގުމުގައި އެންމެ އިންސާފުވެރިކޮށްނޫން ކަންތައްތައް ކުރެވޭކަމަށް ގަބޫލުކުރައްވައި އެ މަސައްކަތްކުރުމުގައި އިންސާފުވެރިކަން ކަށަވަރުކުރުމުގެ ގޮތްތައް ގެނައުމަށްޓަކައިކަމަށް ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެމަސައްކަތް އަލުން މިއަދު ފަށާފައިވާކަމަށެވެ. އަދި މިފަހަރު ވެހިކަލްތައް ނަގާނީ އެއީ ނުދުއްވާނެކަން ޔަގީންވެ، ބާވެފައި ހުރި، ނުވަތަ ދޫކޮށްލައިފައި ހުރި ވެހިކަލްތައްކަން ޔަޤީންކުރުމަށްފަހުކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މި މަސައްކަތުގެ ދަށުން ނަގާއިރު، އެއާ ދަށުން ނަގައި ނައްތާލާ ގޮތައް ވަނީ ހަމަޖެހިފައެވެ. މި ގޮތައް ނެގުމުގައި އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އެ އުޅަނދަކުން މަދުވާ ބާވަތްތަކަށް ސިޓީ ކައުންސިލުން ޒިންމާ ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިމަސައްކަތުގެ ދަށުން މާލޭސިޓީގެ މަގުމަތީގައި ހިނގާ ބިނގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި އަދި ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު މި މަސައްކަތުގެ ދަށުން ނަގާނެއެވެ. ވެރިފަރާތުން ނުނަގާ ހުންނަ އެއްގަމު އުޅަނދުފަހަރު ”އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު”ގެ ދަށުން ނަގައި ނައްތާލާ ގޮތައް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން