ޑރ. އަަފްޒަލް
ޑރ. އަަފްޒަލް
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިތުރު މީހަކު ރަނގަޅުވެ ރާއްޖެއިން މިބަލި ޖެހުމަށްފަހު ރަނގަޅުވީ މީހުންގެ ޖުމްލަ 30 އަށް އަރައިފިއެވެ.

ނެޝަނަލް އިމަރޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދުވެސް އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.

އެހެން ކަމުން ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެތެރެއިން ޖުމްލަ 30 މީހަކު ވަނީ އެބަލިން ރަނގަޅު ވެފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިތުރު ނުވަ މީހަކު ރަނގަޅުވެފައިވާ ކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން 20 މީހަކު ރަނގަޅު ވިކަން އެޗްޕީއޭގެ ފަރާތުން ހާމަކޮށްފައިވެއެވެ.

ރަނގަޅުވީ މީހުންގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ކޯވިޑް-19 އަށް ޕޮޒިޓިވްވި އަންހެން މީހާއާއި އޭނާގެ ދަރިފުޅުވެސް ހިމެނެއެވެ.

ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ވަނީ ޖުމުލަ 835 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ތިން މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން