އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް އެއްވެސް އިރެއްގައި ނެތްކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އެމަނިކުފާނަށް މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު މިއަދު ވަނީ ހާމަކުރައްވާފައެެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީވެސް ރައީސް ނަޝީދަށް އެއްވެސް އިރެއްގައި ނޯންނަކަމަށެވެ. ރައީސް ނަޝީދުގެ ފިކުރާ ދެކޮޅަށް ތެދުވާ ކޮންމެ މީހަކު ޖެހިގެން އަންނަ ދުވަހު ޕާޓީން ވަކިކުރާނެތީ ގިނަ މީހުން ތިބެނީ ބިރުން ކަމަށް މޫސަ ވިދާޅުވިއެވެ.



"ރައީސް ނަޝީދުގެ ފިކުރާ ދެކޮޅަށް ތެދުވާ މީހާ ޖެހިގެން އަންނަ ދުވަހު ޕާޓީން ވަކިކުރާނެތީ ބިރުން ތިއްބާ މިފަހަރު ޕާޓީން ވަކިނުވާނެކަމުގެ ޔަގީންކަން ލިބުނީމަ ފެއިލްވީނު." އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރީކޯ މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އެމަނިކުފާނަށް މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު މިއަދު ވިދާޅުވެފައިވާއިރު، އެމަނިކުފާނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތްކަން ދާދިފަހުން ގައުމީ މަޖިލީހުން ނިއްމި ނިންމުމަކުން ވެސް ވަނީ ހާމަވެގެން ގޮސްފައެެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ފާސްވެފައިވަނީ އެންމެ 39 މެމްބަރުންގެ ވޯޓުންނެވެ. ގައުމީ މަޖިލީހުގައި 142 މެމްބަރުން ތިއްބައެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުން ރައީސް ސާލިހުގެ ފެކްޝަން ބޭފުޅުން ވަނީ ބޮއިކަޓްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން