ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ނަމަވެސް މުޅި ދައުލަތް އޮތީ އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ މިއަދު ސްޕްރީމް ކޯޓުގައި ތާވަލްކޮށްގެން ކުރިއަށް ގެންދާން ނިންމި ނަމަވެސް އޭނާ ސްޕްރީމް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އަލީވަހީދު މިއަދު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރަށް ގޮންޖައްސަވައި އެކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި އެކަމުގެ އަދަވެއްގެ ގޮތުން ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށް ލުމަށް ސްޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމުގައި ބުނެފައިވަނީ ރާއްޖޭގެ ކޯޓު ތަކަކީ ކުޅޭ ކުޅޭ ކޯޓުތަކެއް ނޫންކަމަށާއި އަލީ ވަހީދުގެ ޝަރީއަތް ހިންގަންޖެހުމުން އޭނާގެ ކުރިމަތީގައި ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ މުޅި ދައުލަތް އޮތީ އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ކަމަށެވެ. ކޯޓުތަކުން ތަކުރާރުކޮށް އަންގައިގެން އަލީ ވަހީދު ހާޒިރުނުވުމުން ބަންދުކުރުމުގެ އަމުރު ނެރުމަށްފަހު ރެޑް ނޯޓިހަށް އެދުމަށް ފުލުހުުންނަށް އަމުރުކުރިނަމަ އޭނާ މިހާރު ހުންނާނީ ރާއްޖޭގައި ކަމަށް ހައިލަމް ވިދާޅުވިއެވެ.



ދައުލަތުން އަލީ ވަހީދާއެކު ކުޅެމުންދާ ޑްރާމާ ސިލްސިލާގެ މިއަދު އެޕިސޯޑްގައި އަލީ ވަހީދު ސްޕްރީމް ކޯޓުގެ ހުރުމަށް ކެޑި ކަމަށް ކަނޑައަޅައި ކުރި ޙުކުމުގައި ބުނެފައިވަނީ އޭނާ ކޯޓަށް ހާޒިރު ނުވުމުން ފިޔަވަޅު ނޭޅި ކޯޓުތަކުން އެކަމާމެދު ކަމެއް ނުކުރެވި، މައްސަލަތައް ހިންގޭ ގޮތް ނުވެ، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާންދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ، ކޯޓުތަކުގެ އަމުރުތަކުގެ ހުރުމަތް ކެނޑި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް ކަމަށެވެ.

"އެހެންކަމުން އަލީ ވަހީދާ މެދު ގާނޫނުގައިވާ ގޮތަށް ކޯޓުތަކުން އަމަލުކުރަންޖެހޭނެ." އަލީ ވަހީދު ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަން ސާވިސަށް އަމުރު ކުރައްވަމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މައްޗަށް ޖަލު ހުކުމް އިއްވަފައިވަނީ ކޯޓުތަކުގެ ގާނޫނާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާއި ގާނޫނުލް އުގޫބާތުގެ 541 ވަނަ މާއްދާގެ ދަށުންނެވެ. ޗިޓު ލިބި ކޯޓަށް ހާޒިރު ނުވެއްޖެނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން