ސަރުކާރުން ހިންގާ މައިޕާޓީ, އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށައެޅި ހުށައެޅުންތަކަށް ކޯރަމް ހަމަނުވެގެން ވޯޓަށް ނޭހި ޖަލްސާ ނިންމާލައިފިއެެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ބޭއްވި ޖަލްސާއަމީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ މެއި ހައެއްގެ ކޮމެޓީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ދިނުމަށް ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޖަލްސާ އެކެވެ. މިރޭ ބޭއްވި ގައުމީ މަޖިލީހުގެ 182 ވަނަ ޖަލްސާގައި މެެއި ހައެއްގެ ކޮމެޓީން ވަނީ މިދިޔަ ހަފްތާގެ މަސައްކަތްތައް ގައުމީ މަޖިލީހާ ހިއްސާކޮށްފައެވެ.

އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޝެޝަނެއް ވެސް ކުރިއަށް ގެންދިޔައެވެެ. މިރޭގެ ޖަލްސާގައި ވަނީ މި ސިލްސިލާގެ ބައްދަލްވުންތައް މީހުން ޖަމާވެގެން ކުރިއަށް ގެންދަން ހުށައަޅާފައެވެ. އެގޮތަށް ބާއްވާނީ ކޮންމެ ބުދަ ދުވަހެއްގެ ރެއެވެ. އެހެން ނަމަވެސް އެ ހުށައެޅުމަށް ވޯޓަށް އަހަން ތައްޔާރުވީއިރު ބައްދަލުވުމުގެ ކޯރަމް ގެއްލުމުން ވޯޓަށް އެހިފައެއް ނުވެއެެވެ. އެ ވަގުތު ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 34 މެންބަރުންނެވެ. ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލަން ޖެހުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން