އެމްޑީޕީގެ ބައެއް އިސްބޭފުޅުން ޕާޓީން ބޭރުކޮށްލިގޮތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެމްޑީޕީން ބޭރު ނުކުރެވޭނެކަމަށް އެޕާޓީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހްމީ މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް އިޝާރާތްކުރައްވައި ރައީސް ސާލިހު އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެނެވެ.

ރައީސް ސާލިހުގެ ވާހަކަފުޅުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ އެމަނިކުފާނުކަމަށާއި، އަދި މަޖިލީހުގެ މެޖޯރިޓީވެސް އޮތީ އެމަނިކުފާނުގެ އަތްޕުޅު މަތީގަައިކަމަށް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުތަކަށް އިޝާރަތްކުރައްވައި އަލްހާން ވިދާޅުވީ، ރައީސް ސާލިހަކީ ޕާޓީގެ އެންމެ އިސް ލީޑަރަށްވާއިރު، ޕާޓީގެ ރައީސް، ރައީސް ނަޝީދު އެކަން ޤަބޫލުކުރައްވާ، ޕާޓީގެ އުސޫލާ ނިޒާމަށް އިހްތިރާމްކުރައްވަން ޖެހޭކަމަށެވެ. އަދި ކުރިން ޕާޓީގެ ރައީސާ ނައިބު ރައީސް ބޭރުކޮށްލި ގޮތަށް ރައީސް ‎ސާލީހު ޕާޓީން ބޭރު ނުކުރެވޭނެކަމަށް އަލްހާން ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އެމަނިކުފާނަށް މެޖޯރިޓީ އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު އިއްޔެ ވިދާޅުވެފައިވާއިރު، އެމަނިކުފާނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސާފު މެޖޯރިޓީ އޮތްކަން ދާދިފަހުން ގައުމީ މަޖިލީހުން ނިއްމި ނިންމުމަކުން ވެސް ވަނީ ހާމަވެގެން ގޮސްފައެެވެ.

އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ފާސްވެފައިވަނީ އެންމެ 39 މެމްބަރުންގެ ވޯޓުންނެވެ. ގައުމީ މަޖިލީހުގައި 142 މެމްބަރުން ތިއްބައެވެ. ގައުމީ މަޖިލީހުގެ ބައްދަލުވުން ރައީސް ސާލިހުގެ ފެކްޝަން ބޭފުޅުން ވަނީ ބޮއިކަޓްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން