‏މިއަހަރުގެ އޯ-ލެވެލް އިމްތިހާނުގެ ނަތީޖާ އިމްތިޙާނު ސެންޓަރުތަކަށް މިއަދު ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޯ- ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު 10:00 ޖަހާއިރު ސެންޓަރުތަކަށް ލިބިފައިވާނޭކަމަށާއި، އަދި އެސްއެސްސީގެ ނަތީޖާ މިއަދު 13:00 ގައި އިމްތިޙާނު ސެންޓަރުތަކަށް ލިބޭނެކަމަށެވެ.



އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސެންޓަރުތަކަށް ނަތީޖާ ލިބުމާއެކު، ނަތީޖާ ދޫކުރުމުގެ ކަންކަން ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސެންޓަރުތަކުން ދަރިވަރުންނަށް ނަތީޖާ ދޫކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. ނަމަވެސް އަމިއްލަ ގޮތުން ޓެސްޓް ހެދި ދަރިވަރުންނަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން މިއަދު ނަތީޖާ ލިބޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނު ބާއްވާފައެއް ނުވެއެވެ. މި އިމްތިހާން މިއަހަރު ބޭއްވީ ނިމިދިޔަ މެއި/ޖޫންމަހުއެވެ. އަދި އިމްތިހާނުގައި ރާއްޖެއިން 1529 ކުދިން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން