ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށްކަމަށް، ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ކަނޑައަޅައި، މިއަދު ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ، ޑރ. ޖަމީލު ނައިބު ރައީސްކަމުން ވަކިކުރި މައްސަލައިގައި ޖަމީލުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ، ޑރ. ޖަމީލު މަގާމުން ވަކިކުރި މައްސަލަ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. ނަމަވެސް ސިވިލް ކޯޓަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައިވެއެވެ.



ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖުލައިމަހުގެ 21 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން