އިދިކޮޅު ޕީޕީއެމާއި ގުޅުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި މައްސަލަ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބަލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަދި އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހު ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމާއި މަސްލަހަތަށް އެންމެ ރަނގަޅުގޮތަކީ އެމްޑީޕީއާއި ޕީޕީއެމް ވަކިން މަސައްކަތް ކުރުން ކަމަށާއި، އެ ދެޕާޓީ އެކުވެއްޖެނަމަ ރާއްޖޭގައި މަލްޓިޕާޓީ ނިޒާމް ނިމުމަކަށް އައުމުގެ ބިރު އެބައޮތް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރަތް ކުރައްވައި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސާ މަނިކު ވިދާޅުވީ އެމްޑީޕީގެ އެންމެ އިސްލީޑަރު ވިދާޅުވި ވާހަކަފުޅުތަކަށްބަލާއިރު އިދިކޮޅުޕާޓީއާ ގުޅެން އެމްޑީޕީގެ ރައީސް ނަޝީދު ނިންމަވައި އިއުލާންކުރުމަކީ ޕާޓީގެ ފިކުރާއި ދެކޮޅަށް ކުރެއްވި ކަމެއް ކަމަށެވެ. ރައީސް ނަޝީދުގެ މި އަމަލު ފިޔަވަޅުއަޅާ ކޮމެޓީން ބަލަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.



"މިހާރުވެސް ރައީސް ނަޝީދުގެ ގާތް ބަޔަކު އިދިކޮޅާ ވާހަކަ ދައްކަމުންގެންދޭ." ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަްނއަފީފް ރައީސް ސޯލިހާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން، އެކަން ބެލުމަށް އެމްޑީޕީގެ ޗެއަޕާސަނަށް ރައީސް ޞާލިހު އެންގެވި އެންގެވުމަށް އިޝާރަތްކުރައްވައި މޫސަ ވިދާޅުވީ ޕާޓީގެ އެތެރޭގައި ފިތުނަ އުފެދޭފަދަ މައްސަލައެއް ބަލަން ޕާޓީގެ އިސް ލީޑަރު އެންގެވުމުން ޗެއާޕާސަން އެކަން ޖޯކަކަށް ހަދައިފައިވާ ކަމަށެވެ.

"ހަސަން އަފީފަށް އެ މައުލޫމާތު ދީފައި ޓީވީއަށް އަރުވާފައި ރައީސަށް އިތުރަށް އެއްޗެހިކީ މައްސަލަ ވެސް ފިޔަވަޅު އަޅާ ކޮމެޓީން ބަލަންޖެހޭ." ލ. އަތޮޅު މެމްބަރުކަން ކުރެއްވި މޫސަ ވިދާޅުވިއެވެ.

އަފީފު ވިދާޅުވެފައިވަނީ ރައީސް ސާލިޙަކީ އަދާލަތު ޕާޓީގެ މެމްބަރެއް ނޫންކަން ވެސް މިހާރު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ސާލިޙު އިއްޔެ ވިދާޅުވީ އެކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ގުޅުއްވާ ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށެވެ. އަދި ނޫސްތަކުގައި އެވާހަކަތައް ހުރުމުން އެ ވާހަކަތަކުގެ ހަގީގަތް ބަލައިދިނުމަށާއި އެފަދަ ވާހަކައެއް ހަސަން އަފީފް ވިދާޅުވިތޯ ބަލައިދިނުމަށް ޗެއާޕާސަންގެ ކިބައިން އެދިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ނޫސްތަކުގައި މިހެން އޮތީމާ މިކަން ދިޔަ ގޮތަކާ އެއްޗެހި ބައްލަވައި މިކަން ނުވާނެ ގޮތަކަށް ހަދާށޭ. އަދި އަޅުގަނޑު ދެންނެވިން އަޅުގަނޑު އެމްޑީޕީ މެންބަރަކަށް ނުވާނީތޯއޭ މިހާރު؟ މިހެން އެވިދާޅުވަނީ. އެހެންވީމާ އެ އެއްޗެހި ސާފުކޮށްދެއްވާ ހަމައަކަށް އަޅުވާށޭ." ރައީސް ވިދާޅުވިއެވެ.

ދެފެކްޝަނަށް ބެހިފައިވާ އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނަށް ތާއީދު ކުރަށްވާ މެންބަރެއްގެ ގޮތުގައި ކުރިން ފެނިގެން ދިޔަ ހަސަން އަފީފު ކުއްލިއަކަށް ކޮޅު ބަދަލުކޮށްލައްވައި ރައީސް ޞާލިހަށް ފާޑުވިދާޅުވާން މެދުވެރިވި ސަބަބު ބައެއް ފަރާތްތަކުން މީސްމީޑިއާގައި ވަނީ ހާމަކޮށްފައެވެ. ގިނަ ބަޔަކު ބުނެފައިވަނީ އަފީފު ކުއްލިއަކަށް ސިޔާސީ ފަޅި ބަދަލުކޮށްލެއްވީ އަފީފު ހިއްސާވާ ކުންފުންޏެއްގެ މަސްލަހަތާ އެއްގޮތަށް މެޑިކަލް ސަޕްލައި ވިޔާފާރިއެއްގެ ފުރުސަތު އެކުންފުންޏަށް ގެއްލުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން