ޒަހީނުއްދީން ސަޢީދު   12 އޯގަސްޓު 2021 - 18:35
ކުރީގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައީސް އޮފީހުގެ މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު މިއަދު ހަމަޖައްސަވައިފި އެވެ.

ޒަހާ ވަޙީދު މަޤާމަށް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ޒަހާ ވަޙީދު އަދާކުރައްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމެވެ. އަދި، އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގް އެންޑް ކޯޑިނޭޝަން ސަރވިސް ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ފުރުއްވާފައިވެއެވެ.

ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމްއެސްސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީއެސްސީ ވިތު ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން