ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ ގޮތުން އެކުގައި ތިއްބެވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެމްޑީޕީގެ ޑެޕިއުޓި ޗެއަރޕާސަން އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދާއި ރައީސް ސާލިހު ސުލްހަ ކުރެއްވުމަށް ޕާޓީގެ ޗެއަރޕާސަން ހަސަން ލަތީފް ފަށްޓަވާފައިވާ މަސައްކަތްޕުޅަށް އިޝާރާތްކުރައްވައެވެ.

އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީ ‏އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރިއިރުވެސް ޚިޔާލު ތަފާތުންތަައް ހުރިކަމަށެވެ. އަދި މައްސަލަތައް ހައްލުކުރެވޭނީ މަޝްވަރާ ކުރެވިގެންކަމަށާއި މަޝްވަރާާއިން ޙައްލު ނުކުރެވޭނެ ކަމެއް ނޯންނާނެކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ އެމް.ޑީ.ޕީއަށް ފައިދާ އޮތީ މަޝްވަރާކޮށް ހައްލު ހޯދައިގެންކަމަށާއި، ދެ ރައީސުން އެކުގައި ތިއްބެވުން މުހިއްމުކަމަށެވެ.

"‏އިދިކޮޅޮގައި އުނދަގޫ ދުވަސް ތަކެއް ހޭދަކުރި އިރު ވެސް ޚިޔާލު ތަފާތުވޭ. ހައްލުކުރެވެނީ މަޝްވަރާ ކުރެވިގެން. މަޝްވަރާާއިން ޙައްލު ނުކުރެވޭނެ ކަމެއް ނެތް. އެމް.ޑީ.ޕީއަށް ފައިދާއޮތީ މަޝްވަރާކޮށް ހައްލު ހޯދުން. ދެ ރައީސުން އެކީގާ ތިބުން މުހިއްމު." އަލީ ނިޔާޒް ވިދާޅުވިއެވެ.



ރައީސް ސާލިހާއި ރައީސް ނަޝީދާއި ދެމެދު އުފެދިގެން އުޅޭ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ޗެއަރޕާސަން ހަސަން ލަތީފް ފައްޓަވާފައިވާއިރު، ދެ ބޭފުޅުންނާއި ވަކިން ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފައިވާކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވައި ރައީސް ސާލިހު އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވެސް މިކަމަށް އިޝާރާތްކުރެއްވިއެވެ. އެގޮތުން ރައީސް ނަޝީދާއި އަބަދުވެސް ހިޔާލު ތަފާތުވާކަމަށާއި، ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރުވެސް އެފަދަ ކަންކަން ހިނގާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން