ޤައުމު ތަރައްޤީކުރުމުގެ ޤާބިލްކަން ދިވެހިންގެ ސިކުނޑީގައި ހުންނާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ ބޮޑެތި ކުންފުނިތަަކުގެ ހިންގުން ބޭރު މީހުންނާއި ހަވާލުކުރުމާއި، ދައުލަތުގެ ބޮޑެތި ކުންފުނިތަަކުގެ އިސް މަގާމުތައް ބޭރު މީހުންނާ ހަވާލުކުރަމުންދާ މައްސަލައިގައެވެ.

މިކަންކަމަށް ފާޑު ވިދާޅުވަމުން ޑރ. ޝަހީމް ވިދާޅުވީ، ‏ޕެންޝަން އޮފީހާއި، ގައުމީ ބޭންކާއި އެއަރޕޯޓްުގެ ވެރިންގެ ގޮތުގައި ތިބީ ބޭރު މީހުންކަމަށެވެ. އަދި އެންމެފަހުން ގައުމީ އެއަރލައިން ވެސް ބޭރު ބަޔަކާ ޙަވާލުކުރަނީކަމަށާއި، ދިވެހިންނަށް ޙައްޤު މިންވަރަކީ މިއީތޯ ވިދާޅުވެ ޝަހީމް ސުވާލުކުރެއްވިއެވެ.



ޝަހީމް ވިދާޅުވީ ‏މިއީ ޢިލްމީ ތަޖުރިބާ ހުރި ޤާބިލް ދަރީން ތިބި ޤައުމެއްކަމަށެވެ. އަދި މިޤައުމު ތަރައްޤީކުރުމުގެ ޤާބިލްކަން ދިވެހިންގެ ސިކުނޑީގައި ހުންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޕެންޝަން އޮފީހުގެ ވެރިޔަކަށް ބޭރު މީހެއް. ޤައުމީ ބޭންކުގެ ވެރިޔަކަށް ބޭރު މީހެއް. ޤައުމީ އެއާޕޯޓްގެ ވެރިޔަކަށް ބޭރު މީހެއް. ޤައުމީ އެއާލައިނާ ވެސް ބޭރު ބަޔަކު ޙަވާލުވަނީ،،، އަހަރުމެން ދިވެހިންނަށް ޙައްޤު މިންވަރަކީ މިއީތޯ؟" ޝަހީމް ވިދާޅުވިއެވެ.

ދައުލަތުގެ އެސެޓްތައް ވިއްކާ ވާހަކަ އަނެއްކާވެސް ފެންމަތިވެގެން މިއުޅެނީ ގައުމީ އެއަރލައިން ބޭރު ބަޔަކާއި ހަވާލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މެދުއިރުމަތީގެ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރއެއް ހެދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސްގެ މި ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން