ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އައްޔަން ކުރެއްވި އެމްއާރުއެމްގެ ޒަހާ ވަހީދަކީ ސަރުކާރަށް މުހިއްމު ބޭފުޅެއްކަން ސާބިތުކޮށްދެއްވާނެކަމަށް އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް ޒަހާ ވަޙީދު ޢައްޔަން ކުރައްވާފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވަނީ ޒަހާއަށް މިނިސްޓަރުކަން ދިނުމާއި ގުޅިގެން އެމްއާރުއެމްގެ ފަރާތުން މަރުހަބާ ދަންނަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ޝުކުރު އަދާކުރަށްވާފައިވެސްވެއެވެ.
ރައީސް މައުމޫން ވިދާޅުވީ، ޒަހާއަކީ ސަރުކާރަށް މުހިއްމު ބޭފުޅެއްކަން ސާބިތުކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ.
ޒަހާއަކީ މިސަރުކާރުގެ ފުރަތަަމަ ފިޝަރީޒް މިނިސްޓަރެވެ. ނަމަވެސް އެކަމަނާ އެމަގާމުން މިއަހަރުގެ މޭމަހުގެ ތެރޭގައި އިސްތިއުފާދެއްވިއެވެ. އެކަމަނާ އިސްތިއުފާ ދެއްވީ މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރެއްވޭ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގައި ޒަހާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޒަހާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ވާހަކަވެސް ދެކެވެމުން ދަނިކޮށެވެ.
އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ވަޙީދު ފުރުއްވާފައިވެއެވެ.
ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

On behalf of MRM I warmly welcome the appointment of Zaha Waheed as Minister at the President’s Office. I am confident that she will prove to be a valuable asset to the government. Thank you Mr President @ibusolih
— Maumoon Abdul Gayoom (@maumoonagayoom) August 12, 2021
ޒަހާއަކީ މިސަރުކާރުގެ ފުރަތަަމަ ފިޝަރީޒް މިނިސްޓަރެވެ. ނަމަވެސް އެކަމަނާ އެމަގާމުން މިއަހަރުގެ މޭމަހުގެ ތެރޭގައި އިސްތިއުފާދެއްވިއެވެ. އެކަމަނާ އިސްތިއުފާ ދެއްވީ މަގާމުގެ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރެއްވޭ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރުން މަޖިލީހުގައި ޒަހާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޒަހާގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ވާހަކަވެސް ދެކެވެމުން ދަނިކޮށެވެ.
އޭގެ ކުރީގައިވެސް ފިޝަރީޒް މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން ޒަހާ ވަޙީދު މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން 1989 އާއި 2008 ވަނަ އަހަރާއި ދެމެދުގައި ޒަހާ ވަޙީދު ފިޝަރީޒް މިނިސްޓްރީގައި އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި ސީނިއަރ ރީސާރޗަރ، ޑެޕިއުޓީ ޑިރެކްޓަރ، އަދި، ހެޑް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް ކޯޑިނޭޝަން ސަރވިސްގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން، ނޮވެމްބަރ 2013 އިން އޮގަސްޓް 2015 އާއި ދެމެދުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް ޒަހާ ވަޙީދު ފުރުއްވާފައިވެއެވެ.
ޒަހާ ވަޙީދަކީ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖްމަންޓް) އިން މާސްޓަރ އޮފް ސައިންސް (އެމް.އެސް.ސީ) ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ބެޗެލަރ އޮފް ސައިންސް (ބީ.އެސް.ސީ ވިތް ޖޮއިންޓް އޮނާރސް) އިން މެރިން ބަޔޮލޮޖީ އެންޑް އޯޝެނިއޯގްރަފީ ވެސް ޒަހާ ވަނީ ފުރިހަމަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު