އަހުމަދު މަސްނޫމް   13 އޯގަސްޓު 2021 - 18:18
ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުالله މައުސޫމް ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މިދަތުރުފުޅުގައި މިިނިސްޓަރ މައުސޫމް އިއްޔެ ވަނީ ގއ. އަތޮޅަށް ވަޑައިގެންފައެވެ. ގއ. ކޫއްޑޫއިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ގދ އަތޮޅުގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި ގއ އަތޮޅު ރައީސް އިބްރާހިމް ޝަހީނާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގެވެ.

ޓުއަރިޒަމް މިނިސްޓަރުގެ މި ދަތުރުފުޅުގައި ގއ އަތޮޅުގެ އިތުރުން، ގދ. އަތޮޅާއި، އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ. އެގޮތުން 4 ދުވަހުގެ މިދަތުރުފުޅުގައި ހުވަދު އަތޮޅުގެ ހުރިހާ ރިސޯޓްތަކަށާއި ބައެއް ރަށްތަކަށް ދަތުރުކުރައްވައި، ރައްޔިތުންނާއި މުއައްސަސާތަކުގެ އިސް ބޭފުޅުންނާވެސް ޑރ. މައުސޫމް ބައްދަލުކުރައްވާނެއެވެ. އަދި އެސަރަހައްދުގެ ރިސޯޓްތަކުގެ މެނޭޖްމެންޓްގެ ބޭފުޅުންނާވެސް މިނިސްޓަރ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުالله މައުސޫމް އެންމެ ދެކުނުގެ 4 އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް މަޝްވަރާކުރެއްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން