ވަކި މީހަކު ދާނީ ނަރަކައަށް ނުވަތަ ސުވަރުގެއަށް ކަމަށް ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ނޯއްނާނެކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފު މިރޭ ވިދާޅުވެއްޖެއެވެ.
އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ނިސްބަތްކޮށް އެމަނިކުފާނު ދާނީ ނަރަކައަށް ކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ބުނެފައި ވަނިކޮށެވެ. ގައުމީ ޔުނިވަސިޓީ ކުރީގެ އެސިސެންޓް ޕްރޮފެސަރު ޑރ. އިޔާޒް ވިދާޅުވީ އެއްވެސް މީހަކީ ކަނޑައެޅިގެން ނަރަކަވަންތަ ވެރިއެއް ނުވަތަ ސުވަރުގެވަންތަ ވެރިއެއް ކަމަށް ބުނުމުގެ ހައްގު އެއްވެސް އިންސާނަކަށް ލިބިގެންނުވާ ކަމަށެވެ. އަދި އަޅުގަނޑުމެންގެ މައްޗަށް އޮތީ މީސްތަކުންގެ މައްޗަށް ހެޔޮ ދުއާކުރުން ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މައްޗަށް އޮތީ ހެޔޮ ދުޢާކޮށް ހެޔޮގޮތް މިންވަރުކުރެއްވުމަށް އުއްމީދުކުރުން." އިޔާޒު ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ކަންކަމަށް ހަޖޫކިޔާ މަލާމާތުގެ ރާގެއްގައި، ޕީޕީއެމް ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ބުނެފައިވަނީ "ފަސްޓް ކުލާހުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހު ދާނީ ނަރަކައަށް" ކަމަށެވެ. އޭނާ ވަނީ ރައީސް ސާލިޙު ހުކުރަށް ވަޑައިގެންނެވިންތޯވެސް ސުވާލުކޮށްފައެވެ.
"ފަސްޓް ކުލާސްގައި މަނިކުފާނު (ރައީސް ސާލިހު) ދާނީ ނަރަކަށް އަށް، ގެރެންޓީ." އިސްލާމް ދީނުގައި އެއްވެސް އިންސާނަކަށް ކަނޑައެޅިގެން ހުކުމެއް ކަނޑައަޅަން ނޭނގޭނެ ކަމެއް އެނގޭކަމަށް ދައުވާކުރަމުން، ރައީސް ޞާލިހާ ނިސްބަތްކޮށް ޒާހިދު ރަމީޒު ބުނެފައި ވެއެވެ.
ޒާހިދު ރަމީޒުގެ ދެއްކި ކުފުރުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. އަދި ބައެއް މީހުން ބުނެފައިވަނީ އޭނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އެއްވެސް މީހަކީ ކަނޑައެޅިގެން ސުވަރުގެވަންތަ ވެރިޔެކޭ ނުވަތަ ނަރަކަވަންތަ ވެރިޔެކޭ ބުނުމުގެ ޙައްގު އެއްވެސް އިންސާނަކަށް ލިބިގެން ނުވޭ. އަޅުގަޑުމެންގެ މައްޗަށް އޮތީ ހެޔޮ ދުޢާކޮށް ހެޔޮގޮތް މިންވަރު ކުރެއްވުމަށް އުއްމީދު ކުރުން.
— Dr.Mohamed Iyaz (@dr_iyaz) August 13, 2021
"އަޅުގަނޑުމެންގެ މައްޗަށް އޮތީ ހެޔޮ ދުޢާކޮށް ހެޔޮގޮތް މިންވަރުކުރެއްވުމަށް އުއްމީދުކުރުން." އިޔާޒު ވިދާޅުވިއެވެ.
އިސްލާމް ދީނުގެ ކަންކަމަށް ހަޖޫކިޔާ މަލާމާތުގެ ރާގެއްގައި، ޕީޕީއެމް ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ބުނެފައިވަނީ "ފަސްޓް ކުލާހުގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހު ދާނީ ނަރަކައަށް" ކަމަށެވެ. އޭނާ ވަނީ ރައީސް ސާލިޙު ހުކުރަށް ވަޑައިގެންނެވިންތޯވެސް ސުވާލުކޮށްފައެވެ.
"ފަސްޓް ކުލާސްގައި މަނިކުފާނު (ރައީސް ސާލިހު) ދާނީ ނަރަކަށް އަށް، ގެރެންޓީ." އިސްލާމް ދީނުގައި އެއްވެސް އިންސާނަކަށް ކަނޑައެޅިގެން ހުކުމެއް ކަނޑައަޅަން ނޭނގޭނެ ކަމެއް އެނގޭކަމަށް ދައުވާކުރަމުން، ރައީސް ޞާލިހާ ނިސްބަތްކޮށް ޒާހިދު ރަމީޒު ބުނެފައި ވެއެވެ.
ޒާހިދު ރަމީޒުގެ ދެއްކި ކުފުރުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ. އަދި ބައެއް މީހުން ބުނެފައިވަނީ އޭނާގެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު