މިލިއަނެއްހާ ފޭކު ބޭންކު ސްލިޕް ބޭނުންކޮށްގެން ތިން ފިހާރައަކުން ވައްކަން ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، މިލިއަނެއްހާ ފޭކު ބޭންކު ސްލިޕް ބޭނުންކޮށްގެން ތިން ފިހާރައަކުން ވައްކަންކުރި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ، ރޭގެ ވަގުތެއްގައި ފުލުހުން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިލިއަނެއްހާ ފޭކް ބޭންކް ސްލިޕް ބޭނުންކޮށްގެން އެމީހާ ވައްކަން ކޮށްފައިވަނީ، ދަމާސް ފިހާރައިންނާއި، ސްޓީލް ހާޑުވެއަ އަދި ފެންޓަސީން ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލައިގައި ތަކެއްޗާއިއެކު ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެެއެެވެ. އެމީހާގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެެވެ. އޭނާގެ ބަންދާއިމެދު އަދި ވަކި ގޮތެއް ނުނިންމައެެވެ.

ވިޔަފާރިތަކުންވެސް ކަސްޓަމަރުންނަށް މުދާ ވިއްކުމަށްފަހު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ އުސޫލު ގެންގުޅޭއިރު ޓްރާންފަރކުރަން ބުނެފައިވާ އެކައުންޓަށް ޖަމާކޮށްފައި ސްލިޕް ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ޔަގީންކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން މީގެ ކުރިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ބޮޑެތި ފިހާރަތަކުން ވެސް މިހާރަކަށްއައިސް އެފަދަ ބޮޑެތި އަދަދުތަކުން ވިޔަފާރި ކުރުމުން ބޭންކް ޓްރާންސްފާގެ ޚިދުމަތް ބޭނުން ކުރަން ބުނަނީ ކާޑް ބޭނުން ކުރުމުން ބޭންކުން ޗާޖުކުރާ ކުޑަކުޑަ ފީ ބޭންކަށް ނުދޭން ވެގެން ކަމަށް ބެލެވެއެވެ. ވަގުންނަށް މިފަދަ ފުރުސަތުތައް ލިބި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވާން މެދުވެރި ވަނީ ފައިސާގެ މުއާމަލާތް ކުރުމުގައި ބޭނުން ކުރަން އޮންނަ ރައްކާތެރި އުސޫލު ބޭނުން ނުކުރާތީ އެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ސިމާއު

19-Aug-2021

މިލިއަން ފޭކް ސްލިޕްގެ ވާހަކަ ކަނޑަ އެޅިގެން ލިޔުނީމަވެސް ނޭގެނީތޯ



ޓްރެންޑިން