މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމަށްވުރެ ހުށައެޅުމުގެ ބަދަލުގައި މީހުން ގިނަ އެހެންތަނެއްގައި އެކަން ކުރުމަށް ހުށައެޅުމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އިބްރާހިމް ދީދީ މިހެން ވިދާޅުވީ މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ވިސްނުން ރައްޔިތުންގެ ޚިޔާލަށް، މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް ދީދީ ވިދާޅުވީ ސައޫދީ ސަރުކާރުން އިހަށްދުވަހު އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވާފައިވާ ކަމަށާއި އެ މިސްކިތް އަދިވެސް ނުހުުޅެވޭ ކަމަށެވެ.





ބްރިގޭޑިއާ ޑީޑީގެ ވާހަކައިގައި އެއިޝާރާތް ކުރަށްވަނީ ސައޫދީ ސަރުކާރުގެ ހިލޭއެހީގެ ދަށުން ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތަށެވެ. އެމިސްކިތް އިމާރާތްކޮށްފައިވަނީ މިސްކިތުގެ އިތުރުން އޮފީހާއި ލައިބްރަރީއާއި ބައްދަލުވުންތައް ބޭއްވޭ މާލަންތައްވެސް ހިމަނައިގެން އިސްލާމީ މަރުކަޒެއްގެ ބޭނުން ކުރެވޭ ފަދަ ގޮތަކަށެވެ. މިހާރު ނިމިފައިވާ ސަލަމާން މިސްކިތް ނުހުޅުވާތީ ޑީޑީ ނޫނަސް ގިނަ ބަޔަކު އަންނަނީ މިސަރުާރަށް ފާޑުކިޔަމުންނެވެ.

"ޑރ. މުއިއްޒު، މީހުން ގިނަ އެހެން ސަރަހައްދެއްގައި ތިކަން ކުރަށްވަން (އިސްލާމީ މަރުކަޒު އަޅަން) ރައީސް އިބްރާހިމް މުހަންމަދު ސާލިހަށް ދަންނަވަން ފެނޭ." އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭން ހުށަހަޅުއްވަމުން، މާފަންނު ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާކުރައްވައި މޭޔަރ ވިދާޅުވީ މިއީ ޚިޔާލެއްކަމަށެވެ. އެހެން ނަމަވެސް މިކަން ފައިސަލާވެގެންދާނީ ރައްޔިތުން އެއާމެދު ދެކޭގޮތެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. މި އިސްލާމީ މަރުކަޒަކީ 4 ބުރިއަށް އިމާރާތްކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީފެންވަރުގެ ތަނެކެވެ.

މޭޔަރ ވިދާޅުވީ ބޮޑުގޭ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދެއްކަމަށެވެ. އެހެންކަމުން މިފަދަ ތަނެއް އެސަރަހައްދަށް ބޭނުންވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެތެރެއިން ޚިޔާލުފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށް ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލަށް ތާއީދުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން