ސިފައިންގެ މިއަދުގެ އަމާޒަކީ، ރައީސުލްޖުުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ސާލިހު، ދިވެހި ޤައުމީ ދިފާޢީބާރާމެދު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ވަރުގަދަ ތަސައްވުރު ހަޤީޤަތަކަށް ހެދުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސިފައިންގެ ޚިދުމަތާ އަލަށްގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒުން ހިންގި 67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެެވެ.

މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޙަޔާތުގައި ކާމިޔާބުމީހަކަށްވުމަށް އަށަގަންނުވަންޖެހޭ އެންމެ މުހިންމު އެއްސިފައަކީ، ތިމާއާ ޒިންމާއެއް ހަވާލުކުރުމުން އެޒިންމާ ވީއެންމެ ފުރިހަމައަކަށް އަދާކުރުންކަމަށެވެ. އަދި މިގޮތަށް ކުރިޔަށްދެވޭނީ ލިބޭ ކޮންމެ ފުރުޞަތަކަށް "އާނ!" ބަސް ބުނެގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ސިފައިންގެ މިއަދުގެ އަމާޒަކީ، ރައީސުލްޖުުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ސާލިހު، ދިވެހި ޤައުމީ ދިފާޢީބާރާމެދު ގެންގުޅުއްވާ ދުރުވިސްނުންފުޅާއި، ވަރުގަދަ ތަސައްވުރު ހަޤީޤަތަކަށް ހެދުންކަމުގައި ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސިފައިންނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި އިޙުތިރާމު ހާސިލުކޮށްފައިވާ، ޤާބިލު، ސިފަވަންތަ އަޚުލާޤެއްގެ މަތީގައިތިބޭ، ޕްރޮފެޝަނަލް އަދި ފައިޓިންގ ފިޓް ފޯސް އެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ޤައުމީ ޚިދުމަތުގައި ސާބިތުކަންމަތީ ދެމި ތިބުމަށާއި، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ ބަޔަކަށްވުމާއެކު، އަޚުލާޤު އެންމެމަތީ ފެންވަރުގައި ދަމަހައްޓައިގެން، ތަފާތު ރޮނގުތަކުން ދިވެހިޤައުމަށް ރީތި ނަން ހޯދައިދިނުމުގައި ދެމިތިބުމަށް ސިފައިންނަށް ވަނީ ގޮވާލައްވާފައެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޙަސަން އިޒްހާދެވެ. ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 80 ދަރިވަރުން ވަނީ ދަސްވެނިވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން