ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ވައްކަންކުރުން އާއްމުވެފައިވާ ސަރުކާރެއްކަމަށް ދޭހަވާގޮތަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޚާއްސަ ރެޕަޓުއަރ ޑރ. މުހައްމަދު ޝަހީދު ވާހަކަދައްޖަވައިފިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެނެވެ. އެގޮތުން ސަރުކާރު ހިންގާއިރު މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަމަށާއި، އަދި މިއަދު ވެރިކަމުގައި ހުންނެވީ އެ ތާއީދާއެކުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ޑރ. ޝަހީދު ވިދާޅުވީ ވައްކަންކުރުން އާއްމުވެފައި އޮތް ސަރުކާރެއް، ވަރަށް ފަސޭހައިން ހިނގާގޮތަށް ނިޒާމް އޮތުމަކީ މާ މޮޅުކަމެއް ނޫންކަމަށެވެ.

"ވައްކަންކުރުން އާއްމުވެފައި އޮތް ސަރުކާރެއް "އެންމެ ސްމޫތް"ކޮށް ހިންގާ ގޮތަށް ނިޒާމް އޮތުމަކީ މާ މޮޅުކަމެއް ނޫން." ޝަހީދު ވިދާޅުވިއެވެ.

މިސަރުކާރަކީ ވައްކަންކުރުން އާއްމުވެފައިވާ ސަރުކާރެއްކަމަށް ވިދާޅުވެ، ރައީސް ޞާލިހަށް ޑރ. ޝަހީދު ފާޑު ވިދާޅުވެފައިވާއިރު، އެމަނިކުފާނު ގެންދަވަނީ އެކި ކަންކަމުގައި ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. މިގޮތުން ބޮމުގެ ހަމަލާއާއި ގުޅިގެން ސަރުކާރުން ކަންކަން ކުރަމުންދާ ގޮތަށްވެސް ޑރ. ޝަހީދު ވަނީ ފާޑު ވިދާޅުވެފައެވެ. މީގެއިތުރުން ސަރުކާރުގެ ތެރެއިން ތިލަވަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުންވެސް ޑރ. ޝަހީދު ދަނީ ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން