ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދުނަޝީދުގެ ނަންފުޅުގައި ކްލަބް ހައުސްގައި މީހަކު ފިތުނަ އުފައްދަމުންދާ ކަމަށް ވިދާޅުވެ ކްލަބް ހައުސްގެ ފޯރަމެއްގައި ރައީސް ޞާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ފާޑުފާޑުގެ ވާހަކަތައް ފަތުރަމުން ގެންދާ ރައީސް ނަޝީދަކީ އަސްލު ރައީސް ނަޝީދު ނޫންކަން ދޭހަވާ ގޮތަށް އެމަނިކުފާނު މިއަދު ވާހަކަ ދައްކަވައިފިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި މީހަކު ވަރަށް ބޮޑަށް ފިތުނަ އުފައްދަމުންދާކަމަށެވެ. އެއީ އެއްގޮތަަކަށްވެސް ކާކުކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން ސާފުކޮށްދިނުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކްލަބްހައުސްގައި އެމަނިކުފާނު ގެންގުޅުއްވަނީ އެންމެ އެކައުންޓެއް ކަމަށެވެ. އަދި އެއީ މުހައްމަދު ނަޝީދުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.





ރައީސް ނަޝީދުގެ ނަންފުޅުގައި ކްލަބް ހައުސްގައި މީހަކު ފިތުނަ އުފައްދަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. ނަމަވެސް ބައެއް މީހުން ބުނާގޮތުން ކްލަބްހައުސްގައި ރައީސް ޞާލިހަށް ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަމުންދާ ގްރޫޕެއްގެ ތެރޭގައި، ރައީސް ނަޝީދުކަމަށް ބެލެވޭ ބޭފުޅަކު ރައީސް ޞާލިހާއި އަދި ސަރުކާރާއި ގުޅޭގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަމުން ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެމީހެއްގެ ވާހަކަ ހުންނަގޮތުން ސަރުކާރާއި އެމްޑީޕީގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ މީހެއްކަން ޔަގީންވެއެވެ.

އެމީހަކީ ރައީސް ނަޝީދު ނޫންކަމަށް އެމަނިކުފަނު ވިދާޅުވި ނަމަވެސް އަޑާއި ބަހުރުވައާއި ރާގާއި ލިބިހުރި މައުލޫމާތަށް ބަލާއިރު އެއީ ރައީސް ނަޝީދުކަން ގިނަ ބަޔަކު ޔަގީންކޮށްދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން