ގަދަ ދިހައެއް ހޮވުމާއި ބެލެނިވެރިންގެ ވައިބާ ގުރޫޕްތައް މިހާރުން މިހާރަށް އުވާލަންޖެހޭ ކަމަށް މަންދު ކޮލެޖްގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖްގެ ބާނީ އިބްރާހިމް އިސްމާއިލް ވިދާޅުވީ ތައުލީމީ ސިޔާސަތު ބައްޓަން ކުރުމުގައި އޭނާގެ ބަހެއް ވިކޭނަމަ ޓޮޕް ޓެންއާއި ބެލެނިވެރިންގެ ވައިބަރ ގުރޫޕްތައް ވަގުތުން އުވާލާނެ ކަމަށެވެ. އެ ދެކަމަކީ ދަރިވަރުންގެ އުނގެނުމަށާއި ތަރުބިއްޔަތު ކުރުމަށް އޮތް ވަރަށް ބޮޑު ދެ ހުރަސް ކަމަށް އޭނާ ވިދާޅުވިއެެވެ.

"މިދެކަންތަކަކީ ދަރިވަރުންގެ އުނގެނުމަށާއި ޒިންމާދާރުވާނެ ދަރީންތަކެއް ތަރުބިއްޔަތު ކުރުމަށް އޮތް އެންމެ ބޮޑު ދެ ހުރަސް." އިބްރާ ވިދާޅުވިއެެވެ.

އިބުރާ މިހެން ވިދާޅުވެފައިވާއިރު މިދިޔަ މޭ މަހު ރާއްޖޭގައި ހެދި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފައެވެ.

މިއަހަރުގެ އިމްތިހާންގައި ޖުމްލަ 5،955 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މާލޭގެ 22 ސެންޓަރަކާއި އަތޮޅު ތެރޭގެ 213 ސެންޓަރެއްގަައި މިފަހަރުގެ އިމްތިހާނު ވަނީ ކުރިއަށް ގެންގޮސްފައެެވެ.

ރާއްޖޭގައި ކޭމްމްބްރިޖް އޯލެވެލްއާއި އޭލެވެލް އިމްތިހާނުގެ ގަދަ ދިޔައެއް ހޮވައި ބޮޑެތި ހަފުލާތައް ބާއްވައިގެން އެކަން އިޢުލާނުކޮށް ފާހަގަ ކުރާ މައްސަލައިގައި އިބުރާ ނޫން ބައެއް އެހެން ތަޖުރިބާކާރު ބޭފުޅުންވެސް ފާޑުވިދާޅުވަމުން ގެންދެއެވެ. ދިރިއުޅުމާއި ކުއްޖާގެ ކުރިމަގު ބައްޓަން ކުރުމުގައި މާބޮޑު ފައިދާއެއް ނެތް ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން މިފަދަ ވާދަވެރިކަމެއް އުފެއްދުމުން އެއިންތިހާނަށް ކުދިން ތައްޔާރުކުރުމަށް ބެލެނިވެރިން ބޮޑެތި ހޭދަތަކެއް ކުރަންޖެހި އެއްވެސް ފައިދާއެއް ނެތް ކަމެއްގައި ކުދިންނަށް ޕްރެޝަރކޮށް އޭގެ ސަބަބުން ކުދިންނަށް ނަފުސާނީ ގޮތުން ވެސް ވަރަށް ނުބައި އަސަރުތަކެއް ކުރަމުންދާކަން ކަމާބެހޭ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކޭމްބްރިޖް އިމްތިހާނުގައި އެފަދަ ވާދަވެރި މާހައުލެއް އުފެއްދުމަކީ އެމީހުން އާމްދަނީ އިތުރުކުރުމަށް ވިޔަފާރީގެ އުސޫލުން ކުރާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހަމީދު

19-Aug-2021

އިބުރާއަށް ތާޢީދު.


8

ޢައިޝަތު

19-Aug-2021

ނަސީބެއްނު ބަސްނުވިކޭކަން.. އަލްްޙަމްދުﷲ



ޓްރެންޑިން