ޒަހީނުއްދީން ސަޢީދު   14 އޯގަސްޓު 2021 - 20:50
އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގެންގުޅުއްވާ އެލެކްސް އަހުމަދުގެ ޓުވީޓާ އެކައުންޓަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއްކަން ހާމަވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ އެލެކްސް އަހުމަދުގެ ޓުވީޓާ އެކައުންޓަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއްކަން ހާމަވީ އެ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއް ރައީސް ނަޝީދުގެ ރަސްމީ ޓުވީޓާ އެކައުންޓުން ޓުވީޓް ކުރެއްވުމާއި ގުޅިގެންނެވެ. އެ އެޓުވީޓްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނަމުގައި ކްލަބްހައުސްގައި މީހަކު ވަރަށް ބޮޑަށް ފިތުނަ އުފައްދަމުންދާކަމަށެވެ. އެއީ އެއްގޮތަަކަށްވެސް ކާކުކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން ސާފުކޮށްދިނުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



މީގެ ކުރިން ވެސް އެލެކްސް އަހުމަދު ޓުވީޓާ އެކައުންޓުން ވަނީ އެލެކްސް އަހުމަދަކީ ރައީސް ނަޝީދުކަން ހާމަކޮށްފައެެވެ. މީގެއިތުރުން، މީގެ ކުރިން ވެސް އެލެކްސް އަހުމަދު ޓުވީޓާ އެކައުންޓުން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވިއިރު އެމަނިކުފާނުގެ ހަށިކޮޅުގައި ޒަޚަމްތަކެއް ހުރި ފޮޓޯތަކެއް ވެސް އާންމުކޮށްފައެވެ. އެލެކްސް އަހުމަދު ޓުވީޓާ އެކައުންޓުން ކުރާ ޓުވީޓްތައް އެމްޑީޕީގެ އިސްބޭފުޅުން ވަރަށް ގިނައިން ރީޓްވިޓް ކުރައްވައެވެ. އެހެންކަމުން އެ ޓުވީޓާ އެކައުންޓަކީ ރައީސް ނަޝީދު ގެންގުޅުއްވާ "ވަގު" އެކައުންޓެއްކަން މިވަނީ ކަށަވަރުވެފައެވެެ.


ކިޔުންތެރިންގެ ހިޔާލު


-1

އެލެކުސް ޔޫސުފުޅު

19-Aug-2021

ހެހެހެހެ ބޯގަމާރު.


4

އެލެސެކުސް

19-Aug-2021

ތީނަ ވަގު ނަހަދަނީ ކޮންކަމަކައް.



ޓްރެންޑިން