ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ތަކުބީރަށް ޖޯކު ޖެހުމުން ދީނީ އިލްމްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޖާބިރު ބޭރުގެ ރެސްޓޯރެންޓެއްގައި ހުންނަވައިގެން ބަނގުއާވި ކަމަށް ބެލެވޭ ދިޔާއެއްޗެއް ހިއްޕަވައިގެން ނަށްޓަވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އަށްފަހު ޖާބިރު ހުރީ ހަމަހޭގައިތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ.

އޭނާގެ ދައުރުވަމުންދާ އޯޑިއޯއެއްގައި ޖާބިރު ވަނީ އީދު ތަކުބީރަށް ބައެއް އިތުރުކޮށް ނުބައިކޮށް ކިޔައި ތަކްބީރަށް ވެސް ޖޯކުޖަހާފައެވެ. އަދި މާތް ﷲ ގެ އިސްމުފުޅަށްވެސް ޖާބިރު ވަނީ ފުރައްސާރަކޮށްފައެވެ. އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާތް ﷲ އިސްމުފުޅު އެގޮތަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ޝަހީމް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ޖާބިރު ކިޔާ އެއްވެސް އެއްޗެއް ހަމަ ނުޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު ނުބައެއް ކަމަށެވެ. އަދި ޖާބިރުގެ އެ އަމަަލަކީ ތަކުބީރަށް ޖޯކުޖެހުން ކަމަށް އިޔާޒް ސިފަކުރެއްވިއެވެ. މަޖިލީހުގެ މެމްބަރަކަށް ހުރެ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ދެރަވަރުގެ ކަމެއް ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ދީނީ އިލްމްވެރިޔާ އައްޝައިހު އަލީ ޒައިދު ވިދާޅުވީ ޖާބިރުގެ އަަމަލުތަށް ހުއްޓުވުމަށް މަޖިލީހުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ޖާބިރުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހައިބަތާއި ގަދަރު ގެއްލި އާންމުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީސް ޖޯކެއްގެ ގޮތުގައި ސިފަވާން ފަށާފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެެ.

"މަޖިލިސް އިން މިކަމަށް ފިޔަވަޅު އަޅުއްވައި އެބޭފުޅާގެ ކަންތައްތައް ހުއްޓުވަންޖެހޭ." ޒައިދު ވިދާޅުވިއެވެ.

ދާދިފަހުން ޖާބިރު ވަނީ މަޖިލީހުގެ އިދާރާ ކުރިމަތީގައި އޮށޯވެ އޮވެ ހުތުރު ބަސް ބޭނުންކޮށް އަވަގުރާނަ ގޮވާފައެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ މީހުންގެ މަލާމާތާ ފުރައްސާރަ ޖާބިރަށް އަމާޒުވިއެވެ. ޖާބިރުގެ އެ ދަށު ދަރަޖައިގެ އަމަލަށްފަހު އަނބިކަބަލުން ދިޔާނާ ސައީދު ވަނީ 15 އަހަރުވީ ކައިވެނި ވެސް ރޫޅާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ފީއަލީ

19-Aug-2021

ޖާބިރެއް ކާސިމެއް ކިޔާނެ ކަމެއްނެތް މުޅިގައުމު އޮތިިީ މިހާލަތުގަ ކޮންމެވެސް ބަޔަކު ނުކުމެގެން ވިޔަސް މިކަންތައް ހަމަޔަކައް އަޅުވަން އެބަޖެހޭ. އަބަދު ބަޔާން ނެރެނީ ނުރުހުމުގެ ވާހަކަ ދެކެވެނީ ވާކަމެއް ހަރާން ވާނެ. ތަކުރާރުވާ ކޮންމެ ވިޔާނުދާ އަމަލެއްގެ ޒިންމާ ވެރިން ނަގަން ޖެހޭނެ ކަމީ ށައްކެއް ވާކަމެއްނޫން.


13

ބިސް

19-Aug-2021

ކާށިދޫ މީހުނަށް ވަރަށް ސަލާން


-7

އަބުދުބެ

19-Aug-2021

ގުރާދު އަށް ފޮނުވުން މާބޮޑަށްވެސް ލަސްވެއްޖް


8

ސަލާމް23

19-Aug-2021

މިގައުމުގެ ނަން ކިޔޭ މީޙުން ބޭރު ގައުމުތަކު މީހުންނަށް މިގޮތަށް ފެނުމުން މުޅި ގައުމުވެސް ވެގެން ދާނީ ޖޯކަކަށް. މީހުން ސީރިއަސް ގައުމެއްކަމަށް މިގައުމު ނުބަލާނެ



ޓްރެންޑިން