ސިވިލް ސަރވިސް ކޮމިޝަަށް އޮތީ ނުފޫޒު ވަދެ، މުޑުދާރުވެފައިކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވެފައި މިވަނީ، މިހާރު އޮތް ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ތިއްބެވީ ސިޔާސީ ނުފޫޒުން ސަލާމަތް ވެގެން ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވުމާއި ގުޅިގެނެވެ.

"އާޔޫ ސީރިއަސް؟ ކޮންދިމާލަކުން ދަނޑިގަނޑު ކޮއްޕައިގެންތޯ ކައުންސިލް ތަކުގެ އެސް.ޖީން ގެ މަގާމަށް ތިޔަ ނުފޫޒު ފޯރުވަނީ؟ ކާކު ބުނެގެންތޯ؟ ދިވެހިންނަކީ ކަނުބައެއް ކަމަށް ހީފުޅު ކުރައްވަނީތޯ؟ ސިވިލްސަރވިސް ކޮމިޝަން އޮތީ ފޫވެއްޓިފަ. ތިތިބީ ވަޒީފާ ގެއްލިދާނެތީ ބިރުން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށެވެ. ޝުޖާއު ވިދާޅުވީ ދިވެހިންނަކީ ކަނު ބައެއް ނޫންކަމަށާއި، ވަމުންދާ ގޮތް ފެންނަމުންދާ ކަމަށެވެ. އަދި ކޮމިޝަނުގެ މެންބަރުން ތިބީ ވަޒީފާ ގެއްލިދާނެތީ ބިރުން ކަމަށާއި ކޮމިޝަން އޮތީ ފޫވެއްޓިފައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

"މުޅި ކޮމިޝަނަށް ވަނީ ނުފޫޒު ވަދެ، މުއައްސަސާ މުޑުދާރުވެފަ. މުޅި ސިސްޓަމް ގަޑުބަޑު ކުރުމުގައި ތިޔަ ކޮމިޝަންގެ މެމްބަރުން ޝާމިލްވޭ. ކައުންސިލް ތަކުން ނިންމާ ނިންމުންތަކުގެ ބާރު ކަނޑުވާފައިވޭ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަން އޮތީ ސިޔާސީ ނުފޫޒު ވަދެ، މުއައްސަސާ މުޑުދާރުވެފައިކަމަށެވެ. އަދި މުޅި ސިސްޓަމް ގަޑުބަޑު ކުރުމުގައި ކޮމިޝަންގެ މެމްބަރުން ޝާމިލްވާކަމަށާއި ކައުންސިލް ތަކުން ނިންމާ ނިންމުންތަކުގެ ބާރު ކަނޑުވާފައިވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން