މާފަންނުގައި ހުރި ގުދަނެއްގައި ގޭސްފުޅިއެއް ގޮވައި، 2 މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގޭސް ފުޅި ގޮވީ މާފަންނު ބިސްބުރު ކައިރީގައި ހުރި އަލިފާން ނިއްވާ ފުޅިތަކެއް ހުރި ގުދަނެއްގައިކަމަށެެވެ. އަދި މިހާދިސާގައި އެކަކު ފިހި، އިތުރު މީހަކަށް އަނިޔާވެފައިވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ބިދޭސީ މީހަކާއި ދިވެއްސެއަކަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުންދާކަމަށާއި، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން