ގއ. ދާންދޫ
ގއ. ދާންދޫ
ގއ. ދާންދޫގައި ހަށިވިއްކަމުން ދިޔަ ނެޓްވޯކެއް އަތުލައިގެންފިއެވެ.

ދާންދޫގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެގޮތުން ދާންދޫ ގެއެއްގެ ތެރޭގައި ހަށިވިއްކުމުގެ ޢަމަލު ހިންގަމުން ދަނިކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ ދިވެހި 2 އަންހެނަކާއި، ދިވެހި 2 ފިރިހެނަކާއި، 3 ބިދޭސީންނެވެ. މި މީހުންނާގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން