ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު ނައިފަރު ދާއިރާގެ ތިން މަޝްރޫއަކާ ގުޅިގެން ތިން ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައަޅުއްވާފައިވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ޔޫތްު މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހަށް ހާޒިރުކޮށްދިނުމަށެވެ.

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުކުރުމަށް ޝިޔާމް ހުށައަޅުއްވާފައިވަނީ ނައިފަރުގެ ފެނާ ނަރުދަމާގެ މަސައްކަތް ވަރަށްބޮޑަށް ލަސްވެ ނައިފަރުގެ މަގުތަކުގެ މަސައްކަތް ބަޖެޓުކުރެވިފައި ވީނަމަވެސް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ އެެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މަޖިލީހަށް ހާޒިރުކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނައިފަރުގެ މަސްވެެރިންނަށް ވެވަޑައިގެންފައިވާ އައިސްޕުލާންޓް ގާއިމު ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު އެއްވެސް ސިފައެއްގައި ހާސިލްވަމުން ނުދާތީކަމަށް ޝިޔާމް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.





ނައިފަރުގައި ޒުވާނުންގެ މަރުކަޒެއް ގާއިމް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު ރައީސް ސޯލިހް ވެވަޑައިގެންފައި ވީނަމަވެސް އެކަމުގެ އެއްވެސް މަސައްކަތެއް އެއްވެސް ސިފައެއްގައި ކުރިޔަށް ނުދާތީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.



ޝިޔާމް ފާހަގަކުރެވެނީ ދާއިރާގެ މައްސަލަތައް ހައްލު ކުރެއްވުމަށް މަޖިލީހުގައި ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް މީގެ ކުރިން ވެސް ވަނީ ނައިފަރަށް ބަޖެޓްކޮށްފައިވާ މި މަސައްކަތްތައް ކުރިއަށް ނުދާތީ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ނުރަބޯ

19-Aug-2021

ކޮންކަމެއްބާ ކުރިޔަށް ދިޔައީ…? އެއްކަމެއްވެސް ކުރިޔަކަށް ނުދޭ ނުވެސްދާނެ. ފަހަތަށް ދާނީ. ވީމާ ޑްރާމާ ނުކުޅުއްވާ.!



ޓްރެންޑިން