އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާއާއި ހިޔާނާތްތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކިހުރި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުރެއްވި ތުހުމަތާއި ގުޅިގެން ޝިއުނާގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް ހުށައަޅައިފި އެވެ.

އެމައްސަލަ އެ ކޮމެޓީއަށް ހުށައަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ. އެމައްސަލަ ހުށައެޅުއްވުމަށްފަހު އުޝާމް ވިދާޅުވީ މިނިސްޓަރު މަހުލޫފްގެ ތުހުމަތަކީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްގެ މައްޗަށް ކުރެއްވި ވަރަށް ސީރިއަސް ތުހުމަތެއް ކަމަށެވެ. އެހެން ކަމުން މި މައްސަލައިގެ ހަގީގަތް ހޯދައި ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.



އެހެންކަމުން މި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ބެލުމަށް އެޖެންޑާ ކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އައްސަދާއި ޝިއުނާގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އަތްޕުޅުގައި ހުރި ކަމަށެވެ. އެ ބޭފުޅުންގެ "އިންޓެގްރިޓީ" ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށާއި، އެއީ އޭނާގެ މައްސަލަ ވަކިގޮތަކަށް ގެންދަން އެ ދެބޭފުޅުން ވާހަކަ ދައްކަވާފައިވާ ޗެޓްލޮގުތަކެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އޭނާގެ ޚިޔާނާތުގެ މައްސަލަ ކޯޓަށް ހުށައަޅައިފިނަމަ ދައުލަތް އޮރިޔާންވާނެ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން