ނ.ވެލިދޫ: އެރަށުގައި މަންމައަކު ދަރިއަކަށް އަނިޔާކުރި މައްސަލަ އެއް ވަނީ ފެންމަތިވެފައި
ނ.ވެލިދޫ: އެރަށުގައި މަންމައަކު ދަރިއަކަށް އަނިޔާކުރި މައްސަލަ އެއް ވަނީ ފެންމަތިވެފައި
މަންމައަކު އޭނާގެ ދަރިއަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެެވެ.

ފުލުހުންގެ އިދާރާއިން ބުނީ ނ. އަތޮޅު ވެލިދޫގައި ކުޑަކުއްޖަކަށް އެކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން