އަހުމަދު މަސްނޫމް   16 އޯގަސްޓު 2021 - 15:15
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އާރްޑީސީގެ އޮފީސް މިއަދު ހެނދުނު ފަޅާލައިފިއެވެ.

މިއީ މިއަހަރު ތެރޭގައި އާރްޑީސީގެ އޮފީސް ފަޅާލި 3 ވަނަ ފަހަރެވެ.

ފުލުހުން ބުނީ އާރުޑީސީގެ އޮފީސް ފަޅާލައިގެން މިއަދު 7:48 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފުލުހުން އެ އޮފީހުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނެފައި ވެއެވެ. އާރުޑީސީގެ އޮފީސް ފަޅާލި ނަމަވެސް، އެތަނުން ގެންގޮސްފައިވަނީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ.

މިއަހަރުގެ އެޕްރީލްމަހުވެސް އާރުޑީސީގެ އޮފީސް ފަޅާލާއި، އެއްލައްކަ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. އަދި އޭގެ ހަފްތާއެއް ފަހުން އަނެއްކާ އެތަން ފަޅާލައި 3 ހާސް ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

މީގެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


12

ތިމަންނަ

17-Aug-2021

3 ފަހަރު!!! ... ތިޔަ އޮތީ މިލްކް ވެފައި



ޓްރެންޑިން