ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުގެ ހުކުމްގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ވަނީ މިދިޔަ ޖެނުއަރީމަހު ހުކުމްކޮށްފައެވެ.



ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އެ މައްސަލަ މިހާރު އެކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އެގޮތުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށެވެ. އަދި ދެވަނަ އަޑުއެހުން 13 ވަނަ ދުވަހުގެ ހަމަ އެ ވަގުތަށެވެ.

ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ ފައިސާއާ ގުޅޭ މައްސަލައެއް ސާބިތުވެފައިވާއިރު، އިތުރު މައްސަލައެއް ކޯޓުގައި ދަނީ ހިންގަމުންނެވެ. އަދި އެހެން މައްސަލައެއްގެ ތަހުގީގް ދަނީ ޕޮލިހުގައި ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން