ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 10،000 އަށްވުރެގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ލަގެޖުން 10،000 އަށް ވުރެ ގިނަ ޔޫރޯ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ޓޫރިސްޓުގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ހަތަރު ފިރިހެނުން ކަމަށެވެ. އެއީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއްގެ އިތުރުން 37 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން 10،000 ޔޫރޯ މިހާތަނަށް ހޯދިފައިވާ ކަމަށެވެ. އެ ފައިސާ މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ވައްކަމުގެ އިތުރުން މަކާރާ ހީލަތުން، އެކި ގޮތްގޮތުން މީހުން އަތުން މުދަލާއި ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން