އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް 5 ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް 5 ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ، އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެކޮމިޝަނުގެ މެމްބަރު އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ތަޅުމަށް ހުށަހަޅާފައެވެ.

އިލެކްޝަން ކޮމިޝަނަށް އައްޔަންކުރެއްވުމަށް ފޮނުއްވި 5 ނަން:-

މުހައްމަދު އާސިފް، ހ. އިރުވައި

ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ. ހިންނަވަރު

އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341

އަހުމަދު މަންސޫރު، ވ.ރިވެތި

އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ. ކެލާ



ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

އިލެކްޝަންސްގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފު މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމަށް އިންތިޚާބުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަދި ޝަރީފް ވިދާޅުވެފައިވާ ގޮތުގައި އޭނާ ދެން ދެމުން އެންމެ ގާތީ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން