އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް މަޖިލީހަށް 4 ނަމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވިީ، އެ މަޤާމުގައި ހުންނެވި ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތި ލެއްވި ބޭފުޅުންނަކީ، އަލްއުސްތާޛް ޝިހާމް މުހައްމަދު ވަހީދު، އަލްއުސްތާޛް އަހުމަދު އާހިދު ރަޝީދު، އަޒްލީމާ އަހުމަދު، އަދި މަރިޔަމް އަލީމެވެ. މިއަދުގެ ޖަލްސާގައި ވަނީ މި ނަންފުޅުތައް ދިރާސާކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.



އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރުމަށް މިދިޔަ އޭޕްރިލްމަހުވެސް ރައީސް ނަންތަކެއް ފޮނުއްވިއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ އެއްވެސް ނަމަކަށް ރުހުން ދޭން ނުފެންނަކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން