އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ބަޔަކު ބޭނުންކުރަމުން ގެންދާ އެކައުންޓް ނަންބަރުތަކެއް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުއާމަލާތްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައް ކަމަށް ފާހަގަކުރެވިފައިވާ ހަ އެކައުންޓް ނަންބަރު ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ހާމަކޮށްފައިވާ އެކައުންޓް ނަންބަރު ތަކަކީ، 7730000304660 ، 7730000089422 ، 7730000042772 ، 7730000364429 ،7730000203888 އަދި 7770000000544 އެވެ.

ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން ހާމަކޮށްފައި އެވާ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ މީހަކު ހުރިނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން