އަހުމަދު މަސްނޫމް   16 އޯގަސްޓު 2021 - 18:13
ކޯޓުން ބޭރުގައި އޮންނަ ކައިވެނީގެ މަޖިލިސްތަކަށް ހާޒިރުވެގެން ކައިވެނިތައް ކޮށްދޭން ފެށުމަށް ފެމިލީ ކޯޓުން ނިންމައިފިއެވެ.

ފެމިލީ ކޯޓުން ބުނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން، ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދޭން ފަށާނެކަމަށެވެ. އެގޮތުން ކޯޓުން ބޭރުގައި ކައިވެނިތައް ކޮށްދޭނީ ހަވީރު 16:00 އާއި 21:00 އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށް ފެމެލީ ކޯޓުން ބުނެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން އަލުން ފަށަން ނިންމާފައި މިވަނީ، ކޯވިޑާއި ގުޅިގެން ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުން މެދުކަނޑާލާފައި އޮތުމަށް ފަހުއެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ކައިވެނި ކޮށްދެމުންދިޔައީ އޮންލައިންކޮށެވެ. ނަމަވެސް ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވަނީ ކޯޓުގައި ކައިވެނިކޮށްދޭން ފަށާފައެވެ.

ފެމިލީ ކޯޓުން ބުނީ 2021 ވަނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އެޅި ގިނަ ފިޔަވަޅުތަކަށް ލުއި ދީފައިވާއިރު، ކައިވެނި ޕާޓީތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން