އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން އަންގައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މިއަދު މަހުލޫފަަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ސަބަބަކީ ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ކަމާގުޅުންހުރި މުވައްސަސާތަކަށް ފޮނުވުމުން އޭސީސީން މަޚުލޫފްގެ މައްސަލައެއް ބަލަމުންދާކަން އަންގާފައިވާތީ ކަމަށް އެ ސިޓީގައި ބުނެފައިވެއެެވެ.
"ވީމާ ތިޔަ ފަރާތް (އަހުމަދު މަޚުލޫފް) ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިއްމާފައިވާތީ ކެންޑިޑޭޓުންގެ ލިސްޓްގައި ހިމަނާފައިނުވާ ވާހަކަ ދެންނެވީމެވެ." ސިޓީގައިވެއެވެެ.
އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މިނިސްޓަރު މަހުލޫފް ވަނީ ސަސްޕެންޑްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު