އެމްޑީޕީއަށް ދިވެހިން އެދޭ ދިވެހިރާއްޖެ ހޯދައި ނުދެވުނުކަމަށާއި، އެކަން ކުރެވޭނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމަށް ކަމަށް މިސަރުކާރުގެ ފުރަތަމަ ސައިންސް މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ސަރުކާރު ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރެއްވި މަލީހު ވަޒީރު ކަމުން ވަކުކުރީ އެތައް ތުހުމަތު ތަކެއް ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ސުޕަރ މެޖޯރިޓީން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އެއަށްފަހު މަލީހު ސަރުކާރާ ދެކޮޅަށް ފެއްޓެވި މަސައްކަތުގައި ވަރަށް ފަހުން ވަނީ އިދިކޮޅު ޕީޕީއެމާ ގުޅުވަޑައިގެންފައެވެ. އަދި އެގެ ފަހުން ވަނީ އޭނާ ގެންދަވަނީ ސަރުކާރަށް ކެނޑިނޭޅި ފާޑު ވިދާޅުވަމުންނެވެ.

މަލީހު ވިދާޅުވީ އެމްޑީޕީއަކަށް ދިވެހިން އެދޭ ދިވެހިރާއްޖެ ހޯދައި ނުދެވުނުކަމަށާއި އެމްޑީޕީ ބަލިކުރުން މިހާރު ލާޒިމްކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ޕީޕީއެމްގެ ވެރިކަމެއް ޤާއިމްކުރުންކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ވެރިކަމާ ދެކޮޅަށް ތެދުވެވަޑައިގެން އޭރުގެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދެއްވި މަލީހަކީ މިހާރު ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރަށްވާ އެކަކެވެ.





މަލީހު ވިދާޅުވީ 3 އަހަރުގެ ތެރޭގައި އެމްޑީޕީ ސަރުކާރަށް ދަސްވީ ދަރަންޏަށް ފައިސާ ހޯދާނެ ގޮތް އެކަނި ކަމަށެވެ. އަދި އަނެތް 3 އަހަރު ހޭދަވާނީ އާމްދަނީ ހޯދާނެގޮތް ދިރާާސާކުރުމުގައިކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ކާމިޔާބު ނުވިކަމަށާއި، ރާއްޖޭގައި ހިނގަމުންދާ އިގްތިސާދީ ހަރަކާތްތައް ހުއްޓި، ރައްޔިތުންގެ އަނގަޔާ އަތާއި ދިމާނުވާ ހާލަތަށް ގޮސްފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން