އަހުމަދު މަސްނޫމް   17 އޯގަސްޓު 2021 - 14:55
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް މިއަދު ކަރަންޓް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ހަމަޖެހިފައިވާކަމަށެވެ. އެގޮތުން މިއަދު 15 އަދި 16 ވަނަ ޓަވަރަށް ކަރަންޓު ދޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މި މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރިއަށްދާނެކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.

ސްޓެލްކޯއިން ބުނީ މިއަދު ކަރަންޓް ދިން ދެ ޓަވަރުން ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް ސްޓެލްކޯއިން އެސް.އެމް.އެސް އެއް ފޮނުވާނެކަމަށެވެ. އަދި އެސް.އެމް.އެސް ލިބުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ދިއުމުން އެ ފްލެޓަކަށް ކަރަންޓު ދޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ މި މަސައްކަތުގެ ބާވަތުން، އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާނަމަ، އެފަރާތަކަށް ދެން އެ ފުރުސަތު ލިބޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންކަމަށެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތައް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.

ސްޓެލްކޯއިން ބުނީ ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދޭނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނެކަމަށެވެ.

ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް ގިނަ ފަރާތްތަކަކުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިނުވާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން