ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ވ)
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (ވ)
އަފްޣާނިސްތާނަށް ދިވެހިރާއްޖޭގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކޮށް ޢާއްމު ކުރަށްވާފައިވާ ބަޔާނެއްގައި ޑރ. ޝަހީމް ވިދާޅުވީ، އަފްޣާނިސްތާނަކީ މުސްލިމު ޤައުމެއް ކަމަށާއި، ޒަމާނުއްސުރެ އެޤައުމުގައި ހިނގަމުންދިޔަ ލޭ އޮހޮރުވުންތައް ހުއްޓި އެ ޤައުމުގެ ރައްޔިތުންނަށް އިންސާނީ ކަރާމަތާއި ރައްކާތެރިކަމާއެކު އުޅުމުގެ ޙައްޤު އޮންނަންޖެހޭ ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ، ހަނގުރާމަތަކުގެ ސަބަބުން އެޤައުމުގެ ރައްޔިތުންވަނީ އެތައް ވޭނަކާއި ހިތާމައެއް ތަޙައްމުލުކޮށްފައި ކަމަށެވެ.

ޑރ. ޝަހީމްގެ ބަޔާނުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢާއި ޚާއްޞަކޮށް އިސްލާމީ އުންމަތުގެ މައްޗަށް އޮތް މަސްއޫލިއްޔަތަކީ، ޞުލްޙަވެރިކަމާއި ހަމަޖެހުމާއި އަމާންކަމާއިއެކު އުޅެވޭނެ މުޖުތަމަޢަކާއި ޒަމާނީ ދައުލަތެއް ޤާއިމު ކުރުމުގައި އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުންކަމުގައި ދެކިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ.



"އަފްޣާނިސްތާނުގައި އިންސާނީ ޙައްޤުތަކަށް އިޙުތިރާމްކުރާ އަދި ބާރުތައް ވަކިވެފައިވާ ޒަމާނީ މުސްލިމު ދައުލަތެއް ޤާއިމުކުރުމުގައި ދިވެހިރާއްޖެ ފަދަ ޤައުމެއްގެ ދުސްތޫރީ ތަޖުރިބާއާއި އެހީތެރިކަން މުހިންމުވާނެވެ." ބަޔާނުގައި ވެއެވެ.

އަފްޣާނިސްތާނުން އިންސާނިއްޔަތަށް ލިބުނު ފިލާވަޅަކީ އިސްތިއުމާރީ ޢަސްކަރީ ބާރުތަކުން އެއްވެސް ޤައުމެއް އަޅުވެތި ނުކުރެވޭނެކަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި ކިތަންމެ ދިގުލައި ދިޔަޔަސް އިސްތިއުމާރީ ބާރުތައް ޤައުމުތަކުން ނުކުންނަންޖެހޭނެކަމާއި އަމިއްލަ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރު ބަޔަކަށް ވިއްކާލައި ދީނަށް ޚިޔާނަތްތެރިވެ ބޭރު މީހުންގެ އުންމީދުތަކާ އެއްގޮތަށް ޤައުމުގެ މިޞްރާބު ހިފާ ފަރާތްތަކަށް އޮތީ ނާކާމިޔާބުކަން، ޑރ. ޝަހީމްގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން