އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ނިންމި، ނިންމުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ޚިލާފު ނިންމުމެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވާ މަހުލޫފަަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބަށް މަހުލޫފް ޝަރުތު ހަމަނުވާ ކަމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ސަބަބަކީ ގައުމީ ހިންގާ ކޮމެޓީގެ ނިންމުމާއި އެއްގޮތަށް ޝަރުތު ހަމަވާ ފަރާތްތައް ބެލުމަށް ކަމާގުޅުންހުރި މުވައްސަސާތަކަށް ފޮނުވުމުން އޭސީސީން މަޚުލޫފްގެ މައްސަލައެއް ބަލަމުންދާކަން އަންގާފައިވާތީކަމަށް ސިޓީގައިވެއެވެ.

މަހްލޫފް ވިދާޅުވީ ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިންނަވާފައި، ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެއްވުމުން ހަމައެއްނުޖެހޭކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުނުވާހާ ހިނދަކު އިންތިޚާބުގައި ވާދަކުރެވެންވާނެކަމަށާއި، އެހައްޤު ހޯދަން މަސައްކަތް ކުރާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.



މަހްލޫފް ވިދާޅުވީ އެމްޑީޕީގެ އެނިންމުމަކީ އެޕާޓީން އަބަދު ވަކާލާތުކުރި، އިންތިޚާުބުތަކުގައި ވާދަކުރުމުގެ ހައްޤާއި ދިމާ އިދިކޮޅު އަދި ޑިމޮކްރެސީގެ ރޫހާވެސް ހިލާފު ނިންމުމެއްކަމަށެވެ. މަހްލޫފް ވިދާޅުވީ މިހާރު ހިނގާ ކަންކަމަކީ އެމްއެމްޕީއާރުސީއާގުޅޭ ކަމެެއްނޫންކަމަށާއި، މިއީ ސިޔާސީ ކަމެއްކަމަށެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއިމެދު ގޮތެއް ނުނިމެއެވެ. އެމައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމުން މިނިސްޓަރު މަހުލޫފް ވަނީ ސަސްޕެންޑްކޮށްފައެެވެ.

މަހްލޫފްގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނަށްވެސް ވަނީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަން އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން