އަހުމަދު މަސްނޫމް   17 އޯގަސްޓު 2021 - 17:25
ސިޓީ ކައުންސިލުން ދޫކުރާ ޕާކިން ސްލޮޓްތައް ވެހިކަލް ގަރާޖު ތަކެއްގެ ގޮތަށް ބަދަލުކޮށް ބޮޑުއަގުގައި ވިއްކަން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓްތައް ވިއްކާނީ އަހަރަކަށް 25000 ރުފިޔާގެ ރޭޓުން ކަމަށެވެ. މިގޮތުން މާލެއިން ވިއްކާ ސްލޮޓްތައް ލިބޭނީ ވެހިކަލްގެ އުމުރަށް ބަލައިގެންކަމަށާއި އެއްވެސް މަޝްރޫއަކާއި ހުރެ އެތަން ނަގަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެހެން ތަނަކުން ސްލޮޓް ހަމަޖައްސައިދޭނެކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ ގަރާޖުގެ ގޮތުގައި ޕާކިން ސްލޮޓް ދޫކުރުމަށްޓަކައި މާލޭގައި ހުރި 20 ފޫޓަށް ވުރެ ފުޅާ މަގުތަކުން ޖާގަ ނަގާނެކަމަށެވެ. މިގޮތުން މިހާރުވެސް ބައެއް މަގުތައް ބަލަމުންދާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ މި އުސޫލަށް އަމަލުކުރަން ފެށުމާއެކު މާލޭގެ މަގުތަކަށް ދިމާވެފައިވާ ޕާކިން މައްސަލަތަކަށް ހައްލެއް ލިބި ގަރާޖު ނެތް ވެހިކަލްތައް މަދުވާނެކަމަށެވެ.



މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލައާއި ވެހިކަލްތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރާއި ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގައި ހުރި، ބާވެފައިވާ ވެހިކަލްތައް ނަގާ، ޖާގަ ތަނަވަސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން