ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 3-19 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލަންޖެހޭ ޓެރަރިޒަމާާ ގުޅޭ އިންޓެލިޖެންސް ހިއްސަަކުރުމުގެ އޮނިގަނޑު އެކުލަވާލައި، މައުލޫމާތު ހިއްސާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ.



އިމްރާން ވިދާޅުވީ މިކަމަށްޓަކައި އެކުލަވާލަންޖެހޭ އިންތިޒާމް އެކުލަވާލައި މިމަސައްކަތް ފެށިގެން ދިޔައީ ޤާނޫނުގައި ބަޔާންކުރާ އިންޓެލިޖެންސް އިދާރާތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއެކުކަމަށެވެ. އަދި ނިޒާމު އިތުރަށް ހަރުދަނާކޮށް ރައްކާތެރިކަމާއެކު އަވަހަށް މިފަދަ މައުލޫމާތު ހިއްސާކުރުމާއި އެފަދަ މައުލޫމާތު އެނެލައިޒްކުރުމުގެ ޤާބިލުކަން މުއައްސަސާތަކުގައި އިތުރުކުރުމަށް ކުރަންޖޭހޭ އިތުރު މަސައްކަތް ކުރިއަށް އޮތްތަނުގައި ކުރަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމާ ގުޅޭ ގޮތުން ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެން.އެސް.ސީ) ގައިވެސް ވަނީ މަޝްވަރާކުރައްވާފައެެވެ.

މި ބައްދަލުކުރެއްވުމުގައި، 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުރު، މެދު އަދި ދިގު ރާސްތާގައި އަމަލުކޮށް، ތަންފީޒުކުރަން ޖެހޭ ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކީ، މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތްތަކެކެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެން.އެސް.ސީ މެންބަރުންނާ މަޝްވަރާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


7

އެއްމެން.

19-Aug-2021

މިދިޔަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ރާއްޖޭގާ އޮންނަ އަހަރެން އެއްމެ އިތިބާރު ކުރާ އަދި އެއްމެ ޕްރޮފެޝަނަލް ކަމަށް ގަބޫލު ކުރި މުއައްސަސާ އަކީ ދިވެހި ފުލުހުންގެ މުއައްސަސާއެވެ. އެހެނަސް އަހަރެންނަށް ކުރެވުނު ޕާރސަނަލް ތަޖުރިބާ ތަކަކާއެކު ފުލުސް މުއައްސަސާގެ ދޯދިޔާކަމާއި ބަރިހަމަ ބޮޑުކަން ހައްދު ފަހަނަޅާފައިވާ ވަރު ދޭހަވެގެން ދިޔަ. އޭގެފަހުން އެއްވެސް ވަރެއްގެ އިތުބާރެއް އެ މުއައްސަސާ އަކަށް ނޮއޮވޭ.



ޓްރެންޑިން