އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދު
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދު
އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލާގެ އަޑުއެހުންތައް މިއަހަރުގެ ނޮވެމްބަރުގެ ކުރިން ނިންމުމަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލަ ދެން ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހާމަ ކޮށްފައެވެ. އެގޮތުން ކޯޓުން ތާވަލް ކޮށްފައިވަނީ، ނޮވެމްބަރުގެ ކުރިން މައްސަލައިގެ އަޑުއެހުންތައް ބާއްވައި ނިންމުމަށެވެ.

ކްރިމިނަލް ކޯޓުން ތާވަލްކޮށްފައިވާ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މެންދުރުފަހު 13:00 ގައެވެ. އެ އަޑުއެހުމުގައި އޮންނަނީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރު ވާރިސުންގެ ބަސް ނެގުމަށް ވަނީ ތާވަލްކޮށްފައެވެ.

މައްސަލައިގެ ޚުލާސާބަޔާން އިއްވުމަށް ތާވަލް ކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ހެނދުނު 9:00 ޖަހާއިރުއެވެ. މި މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ތާރީޚެއް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ހާމަކުރަށްވާފައެއް ނުވެއެވެ.

ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން