ރާއްޖޭގައި ދޭން މަސައްކަތްކުރާ ބައެއް ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިވަޑައިގަންނަވާ ގޮތެއް ހޯދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް، އިބްރާ ވިދާޅުވެއްޖެއެވެ.

އިބްރާ މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ދޭން މަސައްކަތްކުރާ ބައެއް ޓެރަރިސްޓް ހަމަލާތަކާއި ގުޅޭގޮތުން މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ބުނެ އިލްޔާސް ލަބީބް ވާހަކަތައް ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

އިބްރާ ވިދާޅުވީ ސިޔާސީ އިސް މަޤާމްތައް ފުރާ މީހުންނަށް ދޭން ރާވާ ޓެރަރިސްޓް ހަމަލާތަކުގެ މައުލޫމާތު އަބަދުވެސް "ބްރޭކިންގނިއުސް"ގެ ގޮތުގައި އިލްޔާސަށް ލިބިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން މިމައުލޫމާތު އޭނާއަށް ލިބިވަޑައިގަންނަވާ ގޮތެއް 241 ކޮމިޓީން ބައްލަވަންވެއްޖެކަމަށް އިބްރާ ވިދާޅުވިއެވެ.



ހަމަލާތަކުގެ މައުލޫމާތު އިލްޔާސް ލަބީބަށް ލިބޭގޮތެއް ބަލަންޖެހޭކަމަށް އިބްރާ ވިދާޅުވިއިރު، ރައީސް ނަޝީދަށް 6 މޭގައި ދިން ބޮމުގެ ހަމަލާގެ ކުރިން އެ ހަމަލާގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސާއި، މަޖިލީހުގެ މެމްބަރުންތަކަކަށް ޖާނުން ފިދާވެގެން ހަމަލާއެއް ދޭން އުޅޭކަމުގެ ވާހަކަތަކެއްވެސް އިލްޔާސް ވަނީ ދައްކަވާފައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި ގުޅިގެން އޭނާ ތަފްސީލީ ގޮތެއް ވާހަކަދައްކަވާފައެއްނުވެއެވެ. އަދި މިކަންކަމުގެ ހަޤީޤަތް ހޯދުމަށް ސަލާމަތީ ހިދުމަތްތަކުން ކުރާ މަސައްކަތެއްގެ ތަފްސީލެއްވެސް ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން