ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގަވާފައިނުވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މެދުވެރިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފަސް މިލިއަން ރުފިޔާ ދިން ކަމަށާއި އެ ފައިސާ އާ މެދު ގާސިމް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖާބިރު ދެއްވި ކަމަށް ތުހުމަތުކުރާ ފައިސާއަކީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމެެއް ނޫން ކަމަށާއި، އޭނާއާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގަވާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑާއި ބެހޭގޮތުން ފުލުހުންނަށް ޖާބިރު ފޮނުވި ސިޓީގައި ހުރީ ހުސް ރޯމަރު ދޮގު ވާހަކަ." ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ޖާބިރު މިއަދު ފުލުހުންނަށް ފޮނުއްވި ސިޓީގައި އެ ފަސް މިލިއަން ރުފިޔާގެ މައްސަަލަ ހިމެނޭހެން ހިޔާނާތުގެ ތިން މައްސަލައެއް ގާސިމާއި ދެކޮޅަށް ފުލުހަށް ވަނީ ހުށަހަޅުއްވައިފައެވެ. ޖާބިރު ވިދާޅުވީ އެ ފައިސާ ގާސިމަށް ދިނުމަށް އެއްބަސްވީ ސިޔާސީ ގޮތުން ގާސިމަށް ލިބޭ ފައިދާ ޖާބިރަށް ވެސް ހޯދައި ދިނުމަށް ޝަރުތުކޮށް ކަމަށެެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ގެންދަވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްރެރިވެ ވަޑައިގަންނަވާ ހުރިހާ ސިޔާސީ ލީޑަރުންވެސް އޭނާގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށް އެކި ފަހަރު މަތިން ވާހަކަ ދައްކަވާފައެވެ. އެގޮތުން ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލް ގައްޔޫމަށް ވެސް އެފަދަ ތުހުމަތުތައްކޮށް ފުލުހަށާއި ކޯޓަށް ވެސް ހުށައަޅާފައި ވެއެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ޖާބިރު ދައްކަވާ އެފަދަ ވާހަކަތައް ހުރިހާ ލީޑަރުންވެސް ގެންދަވަނީ ދޮގު ކުރަށްވަމުންނެވެ. ޖާބިރު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާމެދު ވެސް އެފަދަ ތުހުމަތު ތަކެއް ކުރަށްވާފައެވެ.

މިފަހަކަށް އައިސް ޖާބިރުގެ ކިބައިން ފެންނަމުންދާ ކަންތައްތަކާއި ދައްކަވާ ވާހަކަތަކަށް ބަލާއިރު، އޭނާގެ ނަފުސާނީ މައްސަލަތަކެއް އުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ.

ދާދިފަހުން ޖާބިރުވަނީ ރައްޔިތުންގެ މަޖިލިސްކުރާގޭގެ ކުރިމަތީގައި އޮށޯވެ އޮންނަވައިގެން ވަރަށް ހުތުރު ބަސްތަކުން އެކި ފަރާތްތަކަށް މުހާތަބުކޮށް ހަޅޭއްލަވައި ހައްދަވައިފައެވެ. މީގެއިތުރުން ރައީސް މައުމޫންގެ ގެކޮޅުކައިރިއަށް ވަޑައިގެން އެގެއާއި ހަވާލުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެ އެގެއަށް ގެއްލުންތަކެއް ދިން މައްސަލައެއްވެސް ފުލުހުން ވަނީ ބަލަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޖާދޫ

19-Aug-2021

ޖާބިރަކީ ބޮޑު މާސިންގާ ދޮގުހަދާކަން އޭނަ ރަނގަޅަށް ދަންނަ ކޮންމެ މީހަކަށް އެނގޭނެ. ހަމަޢެޔާއެކު ދޮގާއި މަކަރު ހަދައިގެން މިރާއްޖޭގާ ކުރިއެރުން ފަސޭހަ. ސަބަބަކީ މިތަނުގައި އަދުލުވެރިކަމެއް ނެތް.


-4

ޖާދޫ

19-Aug-2021

ޖާބިރަކީ ބޮޑު މާސިންގާ ދޮގުހަދާކަން އޭނަ ރަނގަޅަށް ދަންނަ ކޮންމެ މީހަކަށް އެނގޭނެ. ހަމަޢެޔާއެކު ދޮގާއި މަކަރު ހަދައިގެން މިރާއްޖޭގާ ކުރިއެރުން ފަސޭހަ. ސަބަބަކީ މިތަނުގައި އަދުލުވެރިކަމެއް ނެތް.



ޓްރެންޑިން