ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީއެއްގެ ގޮތުގައި ގެސްޓްހައުސްތަކާއި ސަފާރީތަކަށް ހިލޭ އެހީގެ ގޮތުގައި ބެހުމަށް، ދެ މިލިއަން ޔޫރޯ (2.3 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ)ގެ އެހީއެއް އީޔޫއިން ހަދިޔާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޓޫރިޒަމްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިން މި ދެ މިލިއަން ޔޫރޯ ބޭނުން ކުރާނީ ގެސްޓްހައުސްތަކާއި ސަފާރީތަކަށް ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އެހިތެރިކަން ފޯރުމަށް ކަމަށެވެ.



އީޔޫއިން ދިން ދެ މިލިއަން ޔޫރޯގެ މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ވިޔަފާރިއަކަށް ގެސްޓްހައުސް ވިޔަފާރި ހިމެނެއެވެެ. އެ ސިނާއަތަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން