ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމާއި ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު 2020 ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤު ކުރެއްވުމާ ގުޅިގެން އެ ޤާނޫނުގެ 6 ވަނަ މާއްދާ އަށް ރިއާޔަތްކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާކަމަށެވެ.
ސީއެސްސީގެ ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުގައި ލޯކަލް ކައުންސިލްތަކުގެ ޚާއްސަ ޤާނޫނު 2020 ގެ ހަ ވަނަ މާއްދާއިން ސަސްޕެންޝަން ބާތިލުވި ކަމުގައި ބަޔާންވެގެންވާތީ 10 މެއި 2020 އިން ފެށިގެން އެމީހުންގެ ސަސްޕެންޝަން ވަނީ އުވާލެވިފައިކަމަށެވެ. އެހެންކަމުން 10 މެއި އިން ފެށިގެން ސަސްޕެންޝަނުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާތަކަށް ރުޖޫޢަވާނެއެވެ.
މިވަގުތު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ އުޞޫލުތަކެއްގެ މަތީން ކަމުގައި ވާތީ އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާ ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ މަސައްކަތް ވަގުތީގޮތުން ހަވާލުކުރެވިފައިވާ ފަރާތުން އަންގަވާގޮތެއްގެ މަތިން އެ މުވައްޒަފުން އޮފީހުގެ މަސައްކަތް ކުރުމުގައި އޮންނަ އުސޫލާއެއްގޮތަށް އަމަލުކުރުމަށްވެސް މި ސަރކިއުލަރގައި އަންގަވާފައި ވެއެވެ.
ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި ގުޅިގެން ވަޒީފައަށް ނުނުކުމެ މަޑުކުރަން އަންގާފައިވާ މުވައްޒަފުންގެ ސަސްޕެންޝަން އުވާލި ތާރީޚުން ފެށިގެން ރަމަޟާންމަހުގެ އިނާޔަތްފަދަ އިނާޔަތްތައްވެސް ލިބެންފަށާނެ ކަމުގައި ސަރކިއުލަރ ނިންމާލަމުން ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު