އަހުމަދު މަސްނޫމް   18 އޯގަސްޓު 2021 - 1:50
ރަޝިޔާގެ ކޯޓަކުން ގޫގުލް ޖޫރިމަނާކޮށްފިއެވެ.

ރަޝިޔާގެ މޮސްކޯގެ ކޯޓަކުން 10.5 މިލިއަން ރުބެލް ނުވަތަ 142877 ޑޮލަރުން ގޫގުލް ޖޫރިމަނާކުރީ، މަނާކޮށްފައިވާ ކޮންޓެންޓާއި ގުޅޭ ގާނޫނާއި ހިލާފުވުމާއި ގުޅިގެނެވެ.

ރަޝިޔާގެ ކޯޓަކުން ގޫގުލް ޖޫރިމަނާކޮށްފައިވާއިރު، ބޮޑެތި ޓެކް ކުންފުނިތަކާއި ރަޝިޔާ ސަރުކާރާއި ދެމެދު މައްސަލަތައް އުފެދިގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ. މިގޮތުން ރަޝިޔާއިން މަނާކޮށްފައިވާ ކޮންޓެންޓް އާއްމުކުރާ ޓެކް ސޯޝަލް މީޑިއާ ކުންފުނިތަކާއި ދެކޮޅަށް ރަޝިޔާއިން މީގެކުރިންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

މޮސްކޯގެ ކޯޓަކުން ގޫގުލްއަށް ޖޫރިމަނާގެ އަދަބެއް ދީފައިވާއިރު، ގޫގުލްއާ ގުޅޭ އިތުރު ދެ މައްސަލައެއް މިހާރުވެސް ކޯޓުގައި އެބައޮތެވެ.

ރަޝިޔާއިން ދަނީ ބޮޑެތި ޓެކް ކުންފުނިތަކަކަށް ގިނަ ކަންތައްތަކަށް ޑިމާންޑް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިތަކުގެ އޮފީސްތައް ރަޝިޔާގައި ހުޅުވަން އެންގުމާއި، ބައެއް ކަހަލަ މައުލޫމާތު އާއްމުކުރުން ހިމެނެއެވެ. އަދި އެކަންކަމާއި ދެކޮޅު ހަދާ ނަމަ ކޯޓުތަކަށް މައްސަލަތައް ވައްދައިގެން ކުންފުނިތަކަށް ޖޫރިމަނާގެ އަދަބުތައް ދަނީ ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން